މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން 0.96 ޕަސަންޓަށް އުފުލިފައިވާ ކަމަށް ދައްކައިފި އެވެ.
ގައުމީ ތަފާސްހިސާބު ބަލަހައްޓާ ވުޒާރާއިން ނެރުނު އިންފްލޭޝަން ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު އަގުތައް މަތިވެފައިވަނީ 0.96 ޕަސަންޓަށެވެ. ނަމަވެސް، ޑިސެމްބަރު މަހު އަގުތައް މަތިވެފައިވަނީ 0.49 ޕަސަންޓަށެވެ.
މަހުގެ އަގުތަކަށް އައި ބަދަލު ނުހިމަނައި ބަލާނަމަ އިންފްލޭޝަން ރޭޓް ހުރީ 0.92 ޕަސަންޓުގަ އެވެ. ޑިސެމްބަރު މަހު ހުރީ 0.53 ޕަސަންޓުގަ އެވެ.
އަގު މަތިވި ބައިތައް
- ރެސްޓޯރެންޓުތަކާއި ކެފޭތަކުން: 4.42 ފަސަންޓް
- ދުންފަތް: 4.99 ޕަސަންޓް
- މަހުގެ އަގުތައް: 1.65 ޕަަސަންޓް
- ކިރުގެ ބާވަތްތަކާއި ބިސް: 1.82 ޕަސަންޓް
- ޕާސަނަލް ކެއާ އުފެންދުންތައް: 1.59 ޕަސަންޓް
- ސީރިއަލްގެ ބާވަތްތައް: 1.84 ޕަސަންޓް
- ވައިގެ ދަތުރުފަތުރު: 2.79 ފަސަންޓް
- ބޭސް: 4.16 ފަސަންޓް
- ސައިކަލު: 1.21 ޕަސަންޓް
- ސެލޫންތައް: 13.30 ޕަސަންޓް
- ޑައިގްނޯސްޓިކް އިމޭޖު އަދި ލެބޯޓްރީ ހިދުމަތްތައް: 6.75 ޕަސަންޓް
- މޭވާގެ ބާވަތްތައް: 0.82 ޕަސަންޓް
- ކުރު މުއްދަތަކަށް ބޭނުންކުރާ ހިފާގެންގުޅޭ ސާމާނު: 2.18 ޕަސަންޓް
- ކާނާގެ ބާވަތްތައް: 1.25 ޕަސަންޓް
- ކޮފީ: 4.40 ޕަސަންޓް
- އެހެނިން ކޮމިއުނިކޭޝަން ބައިތައް: 1.68 ޕަސަންޓް
- މަހުގެ ބާވަތްތައް: 1.87 ޕަސަންޓް
- ސެކިއުރިޓީ އަދި މެއިންޓަނަންސް: 1.55 ޕަސަންޓް
- އެސިސްޓިވް ޕްރޮޑަކްޓްސް: 1.67 ޕަސަންޓް
- އަންނައުނު: 0.78 ޕަސަންޓް
- ފަރުނީޗަރު: 1.17 ޕަސަންޓް
އަގު ދަށްވި ބައިތައް
- މޯބައިލް ކޮމިއުނިކޭޝަންގެ ހިދުމަތްތައް: 0.96 ޕަސަންޓް
- ކަރަންޓު: 0.32 ޕަސަންޓް
- ތަރުކާރީ: 0.51 ޕަސަންޓް
- މޯބައިލް ޓެލެފޯން ވަސީލަތްތައް: 0.35 ޕަސަންޓް
- ފެނުގެ ހިދުމަތް: 0.35 ޕަސަންޓް
- ކަނޑު ދަތުރުފަތުރު: 0.43 ޕަސަންޓް
އަގުތައް މަތުވުމުގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ބެލެވެނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމާ އެކު ތަކެތީގެ އަގުތައް އިތުރަށް އުފުލުމެވެ. މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ.