އެމްޑީޕީ

ނަޝީދު އެހެން ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ވެދާނެކަމުގެ އިޝާރާތެއް

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: މުހައްމަދު ޒައިން އިބްރާހިމް | އަވަސް
100%
0%
0%

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓަކު ވެރިކަމަށް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ނަޝީދަށް ތުހުމަތު ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރަށް ތާއިދު ކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އެވެ.

ހުސައިން ޝަހީމް ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް އެންމެ ރަނގަޅުވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރުމުގެ ބަދަލުގައި ޖޭޕީން ނެރޭ ކެންޑިޑޭޓަކަށް ތާއިދު ކުރުން ކަމަށް އެ ޕާޓީގެ މެންބަރުންނަށް ވިސްނައިދިނުމަށް ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއިދު ނުކުރައްވާ އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއިދު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ހުސައިން ވިދާޅުވި އެވެ.

ހުސައިންގެ މި ތުހުމަތުތަށް ރައީސް ނަޝީދު ދޮގެއް ނުކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ލިބިފައި އޮތީ މިހާރުގެ ސަރުކާރުގެ 40 އިންސައްތަ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މި ވަގުތު އެމްޑީޕީ އަށް ލިބިފައި އޮތީ ސަރުކާރުގެ 40 ޕަސަންޓް. އެ އަށް ވުރެ އިތުރު މިންވަރެއް އެމްޑީޕީ އަށް ލިބޭ ގޮތް ވަންޏާ އެއީ އެ ޕާޓީ އަށް ރަނގަޅު ގޮތެއް ކަމަށް ލަފާ ކުރެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ މިދިޔަ ހަފްތާ ބަންދުގައި ޖޭޕީން ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ޖޭޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގަ އާއި ނިންމުމުގެ ރަސްމިއްޔާތުގައިވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއިދުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.

ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީން ނިންމީ އެ ޕާޓީ އެކަނި ރިޔާސީ އިންތިހާބަށް ނިކުތުމަށް ނުވަތަ އެ ޕާޓީ އިސްވެ އޮވެގެން ކޯލިޝަނެއް ހަދައިގެން އިންތިހާބުގައި ވާދަ ކުރުމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފިލޯ

ތީމިހާރު މަންޒިލެއްނެތި ދަތުރު ކުރަމުންދާ އޮޑިއެއް ހީވަނީ އަރާނީ ފަރަންހެން.

ލީނަ

ގާސިމުވެސް ކިރިޔާވެސް ބޮލުގެ ތެއްކަމެއް ހުރީއްޔާ ނަޝީދު ކައިރިއެއް ނުކުރާނެ.

ތަރިކަމުދާ

ސަރުކާރަކީ ތަރިކަ މުދާގަނޑެއްތަ!!! !

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910