ފެޝަން

މަޝްހޫރު މޮޑެލް މަރިއާނޯ ރާއްޖޭގައި

އިޓަލީގެ މަޝްހޫރު މޮޑެލެއް ކަމަށްވާ މަރިއާނޯ ޑި ވާޔޯ ރާއްޖެއަށް އަދުވެއްޖެ އެވެ. މަޝްހޫރު މޮޑެލް މަރިއާނޯ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

މަރިއާނޯ އޮފިޝަލް އިންސްޓަގްރާމް އެކައުންޓްގައި ރާއްޖޭގެ ރީތި މަންޒަރުތަކެއް ފޮޓޯތައް ވަނީ އާންމުކޮށްފަ އެވެ. އަދި ރާއްޖޭގެ ރީތިކަމާމެދު އަންތަރީސްވެފައި ހުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މަރިއާނޯ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާއިރު އޭނާ ޗުއްޓީ ހޭދަކުރުމަށް އިހުތިޔާރުކޮށްފައިވަނީ ހައިޑްއެވޭ ބީޗް ރިސޯޓް އެންޑް ސްޕާ އެވެ. އެ ރިސޯޓްގެ ފޮޓޯތައް ވެސް މަރިއާނޯ ވަނީ އާންމުކޮށްފަ އެވެ. ރާއްޖޭގެ ރީތި މަންޒަރުތަކެއް ފޮޓޯ މަރިއާނޯ އިންސްޓަގްރާމަށް ލާފައިވާއިރު ބޯޓުގައި ދަތުރުކުރަމުންދިޔައިރު މަތިން ރާއްޖޭގެ ރަށްތަކުގެ ފޮޓޯތައް ވެސް ލާފައިވެ އެވެ. އެ ފޮޓޯތަކާއެކު އޭނާ ބުނެފައިވަނީ ރާއްޖެއަށް ދިއުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

މީގެއިތުރުން މަރިއާނޯ މިއަދު ވަނީ، ގޮނޑުދޮށުގައި އޮތް މަޑި އަކަށް އޭނާ ކާން ދޭ ވީޑިއޯއެއް ވެސް އިންސްޓަގްރާމަށް ލާފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުން މަރިއާނޯ ރާއްޖެ އައިސްފައިވަނީ އެކަންޏެވެ.

މަރިއާނޯ އަކީ ދުނިޔޭގެ މަޝްހޫރެއް އެތައް ބްރޭންޑެއް އިސްތިހާރު ކުރަމުންދާ މޮޑެލެކެވެ. މުޅި ދުނިޔެ ވެސް ލޯބިކުރާ މަރިއާނޯ އިސްތިހާރުކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ބްރުނެލޯ، ހޫގޯ ބޮސް، ކަވާލީ، ގުޗީ، ކުސިނެލީ ފަދަ ބްރޭންޑްތައް ފާހަގަކޮށްލެވެ އެވެ.