އެސްޓީއޯ

އެސްޓީއޯއަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ބޮޑު ފައިދާއެއް

  • ފުރަތަަމަ ކުއާޓަރުގައި 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކުރި
  • އާމްދަނީގެ ގޮތުގައި ލިބުނީ 1.9 ބިލިއަން ރުފިޔާ

އެސްޓީއޯ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރު (ފަހު ހަތަރު މަސް ދުވަހު) ސާފު ފައިދާގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

އެސްޓީއޯ އިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 134 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 152 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި އެ ކުންފުނިން 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 134 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 71.7 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓަރުގައި 103 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނުއިރު، ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 77 މިލިއަން ރުފިޔާ އެވެ.