މޯލްޑިވިއަން

މޯލްޑިވިއަންގެ ޓިކެޓްގެ އަގުތައް ބޮޑުކޮށްފި

ރާއްޖޭގެ ގައުމީ އެއާލައިން -- މޯލްޑިިއަންގެ ޓިކެޓް އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝިއަންގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވީ މި މަހުން ފެށިގެން ޓިކެޓްގެ އަގު ބޮޑު ކޮށްފައިވަނީ އެއާޕޯޓް ހޭންޑްލިން ޗާޖުތައް ބޮޑު ކުރުމުން ކަމަށެވެ.

މި ބަދަލުތަކާ ގުޅިގެން ހުރިހާ ސަރަހައްދު ތަކަށް ކުރާ ދަތުރުތަކުގެ އަގުވެސް ބޮޑު ކޮށްފައިވާ ކަމަށް ސޮބާހު ވިދާޅުވި އެވެ.

"ކާޑެއްދޫއަށް 180 ރުފިޔާ ބޮޑު ކުރީ، އެހެނިހެން ތަން ތަނަށް 70 ރުފިޔާ ބޮޑުކޮށްފައި ވާނީ" ސޮބާހް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ އަގުތައް ދޭތެރެއަކުން ބޮޑު ކުރަމުން ގެންދެ އެވެ. ތެލުގެ އަގު ބޮޑުވާއިރަށް ފިއުލް ޗާޖު ބޮޑުކޮށްގެން ޓިކެޓުގެ އަގު ބޮޑުކުރުމަކީ މޯލްޑިވިއަން އިން ކުރާ ކަމެކެވެ.