ވިޔަފާރި

އެމްޓީޑީސީގެ ފަހު ކުއާޓާގެ ފައިދާއަށް 1.7 މިލިއަން ޑޮލަރު

Jan 30, 2016
  • މި ކުއާޓަރުގައި ލިބުނީ 3.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް
  • ތިންވަނަ ކުއާޓަރުގައިވެސް ލިބުނޫ 1.7 މިލިއަން ޑޮލަރު

އެމްޓީޑީސީ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރާގައި ސާފު ފައިދާގެ ގޮތުގައި 1.7 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 26 މިލިއަން ރުފިޔާ) ލިބިއްޖެ އެވެ.

ސަރުކާރުގެ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރު (ފަހު ހަތަރު މަހު) ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.7 މިލިއަން ޑޮލަރެވެ. އަދި އާމްދަނީގެ ގޮތުގައި ލިބުނީ 3.5 މިލިއަން ޑޮލަރެވެ.

މި ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން އެމްޓީޑީސީން 1.6 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި 1.9 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އެމްޓީޑީސީ އަށް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.7 މިލިއަން ޑޮލަރެވެ.