އެޗްޑީސީ

17 ބިން ސަރުކާރަށް ވިއްކީ ބޯހިޔާވަހިކަމުގެ މަޝްރޫއަށް: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހި. -- ފޮޓޯ: ޒައިން އިބްރާހީމް | އަވަސް
0%
0%
0%

ސަރުކާރަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކި 17 ބިމަކީ ފްލެޓް އެޅުމަށް ވިއްކި ބިންތަކެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރަށް ވިއްކި 17 ބިމަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން 4،000 ފްލެޓް އެޅުމުގެ މަޝްރޫއަށް ވިއްކި ބިންތަކެއް ކަމަށެވެ.

އެޗްޑީސީން ސަރުކާރަށް 17 ބިމެއް 878 މިލިއަން ރުފިޔާއަށް ވިއްކުމުން އެ ބިންތަކުގެ މިލްކްވެރިކަން ސަރުކާރަށް ލިބިފައިވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިހަފްތާގެ ތެރޭގަ އެވެ.

ބިން ވިއްކި ސަބަބެއްގެ ގޮތުގައި އެޗްޑީސީން ފާހަގަކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސަކީ އެ ކުންފުނިން ލޯނު ނަގައިގެން ހިއްކާ ތަރައްގީ ކޮށްފައިވާ ތަނަކަށް ވާތީ ކަމަށެވެ. އެހެން ނަމަވެސް ބޯހިޔާވަހިކަމުގެ މަޝްރޫތަކަށް އެ ކުންފުނިން ބިން ވިއްކަނީ ލުއި އަގުތަކެއްގައި ކަމަށް އެޗްޑީސީން ބުންޏެވެ.

ސަރުކާރުން ވަނީ މީގެ ކުރިންވެސް ދައުލަތުގެ ބޭނުންތަކަށް އެޗްޑީސީ އަތުން ބޮޑުއަގުގައި ބިން ގަނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910