ޓެކްނޯލޮޖީ

ޑިޖިޓަލް ސޮއި ޓެސްޓުކުރަން ތައްޔާރުވަނީ

ޑިޖިޓަލް ސޮއި
0%
0%
0%

ސޮއިކުރުމަށް އިންގިލާބެއް ގެނެސްދޭ ޑިޖިޓަލް ސޮއި ތަޖުރިބާކުރަން ފަށަން ތައްޔާރުވެއްޖެ އެވެ.

ޑިޖިޓަލް ސޮއި ތައާރަފުކުރަނީ ގަވަމެންޓް އީ-ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) އިންނެވެ. ޖެމްސް އިން ބުނި ގޮތުގައި ޑިޖިޓަލް ސޮއި މިމަހު ފަހުކޮޅު ތަޖުރިބާކުރަން ފަށަން ދަނީ ތައްޔާރުވަމުންނެވެ.

ލިޔުންތައް ޕްރިންޓްކޮށް ސޮއިކުރުމަށްފަހު ސްކޭންކޮށްގެން ހުށަހަޅަންޖެހޭ ޖެހުމަށް ޑިޖިޓަލް ސޮއިގެ ސަބަބުން ނިމުމަކަށް އަންނާނެ އެވެ. އޭގެ ސަބަބުން މަސައްކަތް އަވަސްވެ ހަރަދު ކުޑަވެގެންދާނެ އެވެ.

ޑިޖިޓަލް ސޮއިގެ ހިދުމަތާއި ގުޅޭ ގޮތުން ޓެކްނޮލޮޖީ މިނިސްޓަރު އަމިނަތު ޝައުނާ ވިދާޅުވީ ޑިޖިޓަލް ސޮއިއަކީ ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްކުރާ މަސައްކަތުގެ ތެރެއިން ޑިޖިޓަލް ލައިސަންސް ކާޑު ވަނީ ތައާރަފުކޮށްފަ އެވެ. އަދި ޑިޖިޓަލް އައިޑީކާޑު ދަނީ ޓެސްޓް ކުރަމުންނެެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910