މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ބަނދަރުތަކުގެ އަގަށް ގެނައި ބަދަލަށް އަމަލު ކުރުން ފަސްކޮށްފި

ނޯތް ހާބަރާއި ޓީޖެޓީން ދެމުންގެންދާ ހިދުމަތްތަކުގެ އަގަށް ގެނައި ބަދަލާއެކު ހިދުމަތްތައް ދިނުމުގައި ލަސް ވާތީ، އަގުތަކަށް ގެނައި ބަދަލުތަކަށް އަމަލުކުރުން ފަސް ކުރަން އެމްޕީއެލްއިން ނިންމައިފި އެވެ.

ހިދުމަތްތައް ދިނުމުގައި ލަސްވަމުން ދާތީ އަގުތަކަށް ގެނައި ބަދަލުތަކަށް އަމަލުކުރުން ލަސް ކުރިކަން އެމްޕީއެލް އިން ހާމަ ކޮށްފައިވަނީ މިއަދު އެމީހުން ކުރި އިއުލާނަކުންނެވެ.

އެމްޕީއެލް އިން ބުނީ އަގުތަކަށް ގެނައި ބަދަލުތަކާއިއެކު ހިދުމަތްތަށް ދިނުމުގައި ލަސް ނުވާނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދުން ފެށިގެން އެ ބަނދަރުން ނަގަމުން ދާނީ ކުރިންވެސް އެ ބަނދަރުން ނަގަމުން ދިޔަ އަގުތަކެވެ.

އަގުތަކަށް ބަދަލު ގެނައުމުގެ ކުރިން ޓީޖެޓީން ނަގަމުން ދިޔައީ އެ ބަނދަރަށް ވަންނަ ކޮންމެ އުޅަދަކަށް އުޅަނދަކަށް ދުވާލަކަށް 10 ރުފިޔާ އެވެ. އިއްޔެއިން ފެށިގެން ވަނީ މި އަގު 5 ރުފިޔާއަށް ކުޑަކޮށްފަ އެވެ.

މި ބަދަލަށް އިއްޔެ އަމަލުކުރަން ފެށުމާއެކު ޓީޖެޓީ ވަނީ ބާރު ބޮޑުވެ ތޮއް ޖެހިފަ އެވެ.