ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ހަޔަ އެޑިއުކޭޝަން މިނިސްޓްރީ ހުޅުމާލެއަށް ބަދަލުކޮށްފި

ހުޅުމާލޭގައި ހުޅުވި ސަރުކާރުގެ އޮފީސް އިމާރާތް. -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ހުރިހާ ހިދުމަތެއް، ސަރުކާރުގެ އޮފީސްތައް ހިންގުމަށް ހުޅުމާލޭގައި އަލަށް ހުޅުވި އުމަރު ޒާހިރު އޮފީސް ބިލްޑިންއަށް މިއަދު ބަދަލުކޮށްފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ މިނިސްޓްރީ ހިންގަމުން ދާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އޯކިޑްމާ ހިނގުމުގައި ހުންނަ އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ފަސްވަނަ ފަންގިފިލާއިން ކަމަށެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ހިދުމަތްތައް އުމަރު ޒާހިރު އޮފީސް އިމާރާތައް ބަދަލުކުރުމާއި ގުޅިގެން އެ މިނިސްޓްރީގެ ކައުންޓަރުތަކުން ދެމުން އައި ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ އެ މިނިސްޓްރީގެ ކައުންޓަރުންނެވެ.

މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް ދެމުން ދިޔަ ހިދުމަތްތައްވެސް ވަނީ ހުޅުމާލޭގައި އަލަށް އިމާރާތް ކުރި ސަރުކާރުގެ އޮފީސް އިމާރާތައް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން ސަރުކާރުގެ ބައެއް އިތުރު މިނިސްޓްރީތައްވެސް ވަނީ އުމަރު ޒާހިރު އޮފީސް އިމާރާތައް ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ޖެންޑަ މިނިސްޓްރީ ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345