އިމްރާން އަބްދުﷲ

ގާސިމް ގޮތް ނިންމަވާނީ ރައްޔިތުންގެ މަސްލަހަތަށް ބަލައިގެން: އިމްރާން

Mar 6, 2023

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމަވާނީ ރައްޔިތުންގެ މަސްލަހަތަށް ވިސްނާވަޑައިގަތުމަށްފަހު ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ގާސިމްގެ ރިސޯޓެއް ކަމުގައިވާ ސަން އައިލެންޑް ރިސޯޓުގައި ރޭގެ ވަގުތެއްގައި ގާސިމްއާ އެކު ބައްދަލުވުމެއް ބޭއްވުމަށްފަހު އެވެ.

މިބައްދަލުވުމަކީ އިމްރާންގެ އެދިވަޑައިގަތުމަކަށް ކުރިއަށް ގެންދެވި ބައްދަލުވުމެއް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭ ގޮތުން އަދާލަތު ޕާޓީއާއި ޖޭޕީން އަދި ވަކި އެއްޗެއް ނުބުނެ އެ

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް، ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނާވަޑައިގެންފައި ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކުރިއަށް ދިއުމަށް އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ. ނަމަވެސް ރައީސް ސޯލިހާއެކު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީއާއި، އެމްއާރްއެމް އިން އަދިވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމަލުކުރާނެ ގޮތެއް ނުނިންމަ އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ނިންމާފައިވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަކުރުމަށެވެ. ނަމަވެސް މި ނިންމުމާ މެދު ޖޭޕީގެ ކައުންސިލުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.