ބޮލީވުޑް

"ޕްރޮޖެކްޓް ކޭ"ގެ ޝޫޓިންގްގައި އަމީތާބަށް ބޮޑު އަނިޔާއެއް

އަމީތާބު ބައްޗަން
0%
0%
0%

އިންޑިޔާގެ ހައިދަރުއާބާދުގައި ކުރިޔަށް ދިޔަ އަމީތާބު ބައްޗަންގެ "ޕްރޮޖެކްޓް ކޭ"ގެ ޝޫޓިންގްގައި ހިނގި އެކްސިޑެންޓެއްގައި އަމީތާބުގެ މޭ ކަށިގަނޑަށް ވަރަށް ބޮޑު އަނިޔާއެއް ލިބިއްޖެއެވެ.

އާދިއްތަ ދުވަހު އަމީތާބުގެ ބްލޮގްގައި އޭނާ މި ވާހަކަ ހިއްސާ ކޮށްފައި ވެއެވެ. އަމީތާބު ލިޔެފައިވާ ގޮތުގައި ލިބުނު އަނިޔާތައް ރަނގަޅުވަންދެން މުމްބައިގައި ހުންނަ އޭނާގެ ގޭގައި އަރާމުކުރަން އޮންނަން ޖެހިފައިވާ ކަމަށާއި ހުރިހާ ޝޫޓިންގްއަކާއި އެނޫންވެސް މަސައްކަތްތަކެއް ކެންސަލްކޮށްފައިވާ ކަމަށެވެ.

އަމީތާބަށް އަނިޔާވީ އެކްޝަން މަންޒަރެއް ޝޫޓްކުރުމުގެ ތެރޭގަ އެވެ. އަމީތާބު ބުނި ގޮތުގައި ލިބުނު އަނިޔާގެ ސަބަބުން އޭނާގެ މޭ ކަށިގަނޑެއް މަސްގަނޑު ފަޅާފައި ވަނީ ނުކުމެފަ އެވެ. އަދި ޑޮކްޓަރަށް ދައްކައި ސީޓީ ސްކޭން ހެދުމަށްފަހު މިހާރު މުމްބައި އަށް އައިސް ގޭގައި ހުރި ކަމަށެވެ.

"މޭގައި ބޭސްގަނޑެއް އަޅާފައިހުރީ. ހަރަކާތެއް ކޮށްލީމަޔާއި ނޭވާލާއިރުވެސް ވަރަށް ތަދުވޭ،" އަމީތާބުގެ ބްލޮގްގައި ލިޔެފައި ވެއެވެ.

އަމީތާބު އިތުރަށް ލިޔެފައިވާ ގޮތުގައި އޭނާ މުޅިން ފަސޭހަވާން އެތައް ހަފުތާއެއް ނަގާނެކަމަށް ޑޮކްޓަރުން ވަނީ ލަފާކޮށްފަ އެވެ.

"ތަދުކަނޑުވާ ބޭހާއި އެނޫންވެސް ބައެއް ބޭސްތައް ބޭނުންކުރަމުން މިދަނީ،" 80 އަހަރުގެ އެކްޓަރު ލިޔެފައި ވެއެވެ.

ނާގް އަޝްވިން ޑައިރެކްޓްކުރާ "ޕްރޮޖެކްޓް ކޭ" އަކީ ސައިންސް ފިކްޝަން އެންޓަޓައިނާ އެކެވެ. އަންނަ އަހަރު ކުރީކޮޅު ރިލީޒްކުރަން ތައްޔާރުކުރަމުންދާ މި ފިލްމުގައި ލީޑް ރޯލު ކުޅެނީ ޕްރަބާސް އާއި ދީޕިކާ ޕަދުކޯން އެވެ.

އާދިއްތަ ދުވަހަކީ އަމީތާބުގެ އެތައް ހާސް ފޭނުންނެއް އޭނާއާ ބައްދަލުކުރަން އެގޭ ދޮށަށް އަންނަ ދުވަހެކެވެ. ނަމަވެސް އޭނާ މުޅިން ފަސޭހަވެ ތެދުވެލާ އުޅެވޭވަރު ވަންދެން އެގޭ ދޮށަށް ފޭނުން ނައުމަށް ވެސް އަމީތާބު ވަނީ އިލްތިމާސް ކޮށްފަ އެވެ.

މީގެ ކުރިން ވެސް އެކި ޝޫޓިންގްތަކުގައި އަމީތާބަށް ބޮޑެތި އަނިޔާތައް ލިބިފައި އެބަހުއްޓެވެ. އެގޮތުން 1983 ވަނަ އަހަރު އޭނާ ކުޅުނު "ކޫލީ"ގެ ތަޅާފޮޅާ މަންޒަރެއް ޝޫޓްކުރަނިކޮށް ދަގަނޑު މޭޒެއްގެ ކަން ބަނޑަށް ވަދެގެން ލިބުނު ބޮޑު އަނިޔާއިން އޭނާގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345