ޖޭއެސްސީ

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ފުރުސަތު ހުޅުވާލީ މިހާރު އެކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަށެވެ.

މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 38،000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބޭނެ އެވެ.

ޖޭއެސްސީ އިން ވަނީ ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

އޭގެ އިތުރުން ހަ އަތޮޅެއްގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ވަނީ ހުޅުވާލާފަ އެވެ. އެއީ ށ. ޖުޑިޝަލް ދާއިރާ އާއި ބ. ޖުޑިޝަލް ދާއިރާގެ އިތުރުން ވ. ޖުޑިޝަލް ދާއިރާ އާއި މ. ޖުޑިޝަލް ދާއިރާގެ އިތުރުން ގއ. ޖުޑިޝަލް ދާއިރާ އާއި ނ. ޖުޑިޝަލް ދާއިރާ އެވެ.