އައި ކެއާ

އަންހެނުންގެ ދުވަސް ފާހަގަކުރަން އައިކެއަރއިން "ކުރަނގި" ކެމްޕޭން ލޯންޗްކޮށްފި

Mar 8, 2023

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އައިކެއަރއިން "ކުރަނގި" ނަމުގައި އަންހެނުންނަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިންގެ ދަށުން 18 އަހަރުން މަތީގެ ހުރިހާ އަންހެނުންނަށް އައިކެއަރ ހޮސްޕިޓަލުން ހިލޭ ލޮލުގެ ނަމްބަރު ނެގުމާއި، އައިކެއަރ އޮޕްޓިކަލްސް އިން ބައްލަވައިގަންނަ ނަމްބަރު އައިނާއި ކޮންޓެކްޓް ލެންސުން 20 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ކުރަނގި ކެމްޕެއިން ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 22ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 2:00 އިން ރޭގަނޑު 9:00 އަށް އައިކެއަރ ހޮސްޕިޓަލުގަ އެވެ.

މި ކެމްޕެއިންއާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ 3321026 ނަންބަރަށް ގުޅުމުން އެ މައުލޫމާތު ލިބޭނެ އެވެ.