ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން އަންހެން ކުދިންނަށް ކޯޑިން ޕްރޮގްރާމެއް ފަށަނީ

Mar 8, 2023
1

އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން އަދި އިންޖިނިއަރިން ޕްރޮގްރާމެއް ގައުމީ ބޭންކް -- ބީއެމްއެލް އިން ތައާރަފްކޮށްފި އެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 12 އަހަރާއި 14 އަހަރުގެ އުމުރުފުރާގެ އަންހެން ކުދިންނަށެވެ.

މި ޕްރޮގްރާމުގައި ޖުމްލަ 30 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވެ އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ފޯލޫޕް ކޯޑިން އެކަޑަމީ އިންނެވެ. ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ދަސްކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ޑިޖިޓަލް މާހައުލުތަކުގައި އަންހެނުން ބާރުވެރިކުރުވާ ސްޓެމް ދާއިރާއިން ވަޒީފާގެ ފުރުސަތުތައް މަގުފަހި ކުރުމެވެ.

މިކަން ހާސިލް ކުރުމަށްޓަކައި ކުޑަކުދިން މިދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެން ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ މުހިއްމު ކަމެއް ކަމަށް ބީއެމްއެލް އިން ދެކެ އެވެ.