ސައުދީ އަަރަބިއްޔާ

ސައުދީގެ އެހީގައި 400 ފްލެޓް އަޅަނީ

Mar 8, 2023
1

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ މިމަޝްރޫއު ޑިޒައިންކޮށް ސުޕަވައިޒް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފަ އެވެ.

އެފޯޑަބަލް ހައުސިން ސްކީމެެއްގެ ގޮތިގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމަޝްރޫގެ ކޮންސަލްޓެންސީ މަސައްކަތްތަކުގެ ތެރޭގައި ޓެންޑާ ޑޮކިއުމަންޓުތައް ތައްޔާރު ކުރުމާއި އީއައިއޭ ރިޕޯޓް ތައްޔާރު ކުރުމާއި ޑީޓެއިލްޑް ޑިޒައިން ރިވިއުކުރުމުގެ އިތުރުން ކޮންޓްރެކްޓާގެ މަސައްކަތްް ސުޕަވައިޒް ކުރުންވެސް ހިމެނެ އެވެ.

މިމަސައްކަތަށް ބަޔަކު ހޮވުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ގައިޑްލައިންތަކާއި އުސޫލުތަކާ އެއްގޮތަށެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 26 ވަނަ ދުވަހުގެ ކުރީން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަން ޖެހެ އެވެ.

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 4،000 ފްލެޓް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.