ހަބަރު

ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ސައުދީ އިން އެހީ ވަނީ

ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ފައިސާގެ އެހީ ދިނުމަށް ސައުދީ އަރަބިއްޔާ އާއި ދިވެހި ސަރުކާރާއެކު އެއްބަސްވުމެއްގައި
މިއަދު ސޮއިކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ހެޔޮ އަގެއްގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމަށާއި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން ސައުދީ ފަންޑް ފޯ ޑިވަލޮޕްމަންޓާއި ސަރުކާރާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ.

ރައީސް އޮފީހުން ކުރި ޓްވީޓެއް -

އެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް އިންޓީރިއާ، އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް ވެސް ބައިވެރިވެވަޑައިގަތެވެ.