އައިޖީއެމްއެޗް

އައިޖީއެމްއެޗުގެ ލެބޯޓްރީގެ ހިދުމަތްތައް ހުއްޓިއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތުގެ ޑްރޯން ފޮޓޯއެއް. -- ފޮޓޯ: މުހައްމަދު ޒައިން އިބްރާހިމް | އަވަސް
0%
0%
0%

ދަރުމަވަންތަ ހޮސްޕިޓަލުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން އައިޖީއެމްޗުގެ ލެބޯޓްރީން ދެމުން ގެންދިޔަ ހިދުމަތްތަކަށް ހުއްޓުމެއް އަތުވެއްޖެ އެވެ.

އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ އިމާރާތުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ހޮސްޕިޓަލުގެ ލެބޯޓްރީން ދެމުން ގެންދިޔަ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކެނޑިފައިވާ ކަމަށެވެ.

"މައްސަލަ ހައްލުވީހާ އަވަހަކަށް އެކަން އިއުލާން ކުރާނަން. މި ކަމުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން،" އައިޖީއެމްއެޗުން ބުންޏެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވީ އެ ހޮސްޕިޓަލުގެ ލެބޯޓްރީން އެއްވެސް ހިދުމަތެއް މިވަގުތު ނުލިބޭނެ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ބޭނުންވާ ޓެސްޓުތައް ހެދުމަށް އެމީހުންގެ ސާމްޕަލްތައް ނެގުމަށްފަހު ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުން މިހާރު އަންނަނީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910