ދުނިޔެ

ސައޫދީ-އީރާން ސުލްހަކުރުމުގައި ޗައިނާގެ ދައުރު، އެމެރިކާއަށް އޮތް ކަންބޮޑުވުމެއް

ޗައިނާއަށް އިގްތިސާދީ ގޮތުން ދަތިކުރަން އެމެރިކާ މަސައްކަތްކުރަނީ، އެމެރިކާގެ އިގްތިސާދަށް ވުރެ ޗައިނާގެ އިގްތިސާދު ކުރިއަރައި ދުނިޔޭގައި މިހާރު އެމެރިކާއަށް އޮތް ހައިސިއްޔަތު ގެއްލިގެން ހިނގައިދާނެ ކަމަށް ބިރަށެވެ.

ޔުކްރޭން ހަނގުރާމަ އަކީ ވެސް އެމެރިކާ އަޑީގައި އޮވެގެން -- ދުރާލާ ރާވައިގެން ކުރާ ހަނގުރާމައެކެވެ.

ރަޝިއާއާ ހަނގުރާމަކުރުމަކުން ޔުކްރޭނަށް ވާނެ އެއްވެސް ފައިދާއެއް ހަގިގަތުގައި ނެތެވެ. ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް މިހާރު ފޯރުކޮށްދެމުން ގެންދާ ހަތިޔާރުތަކަކީ ވެސް ހިލޭ ދޭ އެހީއެއް ނޫނެވެ.

ޔުކްރޭނަށް ހުޅަނގުން ފޯރުކޮށްދެމުން ގެންދާ ހަތިޔާރުތަކަށް އަގު އަދާކުރަން ޖެހޭ ދުވަހެއް އަންނާނެ އެވެ.

ސައޫދީ އާއި އީރާން ސުލްހަވުން

ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށް ސައޫދީ އާއި އީރާން ސުލްހަކުރުވައި އެއްގަލަކަށް އެރުވުމަކީ އެމެރިކާއަށް ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފަ އެވެ.

ވޮޝިންގްޓަނުން މިހާރު ދަނީ މިކަން ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް ބަލައި ކުނިޖައްސާނެ ފުރުސަތެއް އޮތްތޯ ބަލަމުންނެވެ.

މެދުއިރުމަތީގައި، ޚާއްސަކޮށް ގަލްފުގައި ޗައިނާގެ ދައުރު -- ޗައިނާ ބުނާ ގޮތް ހަދާ ގައުމުތައް ގިނަވުމަކީ އެމެރިކާގެ މުޅި ގައިން ދާހިއްލާނެ ކަމެކެވެ.

ގަލްފު ގައުމުތަކުގައި ޗައިނާގެ އިންވެސްޓްމަންޓްތައް ގިނަވަމުންދާތީ އެމެރިކާއިން ވަނީ މީގެ ކުރިން ވެސް ޗައިނާއަށް އިންޒާރުދީފަ އެވެ.

ސައުދީ އަކީ އެމެރިކާގެ އެކުވެރިއެއް

ސައޫދީ އަކީ ބައެއް ފަހަރު އެމެރިކާ ބުނާ ގޮތުން އެމެރިކާގެ ގާތް އެކުވެރިއެކެވެ. މިކަން އެ ގޮތުގައި އޮންނަނީ އެމެރިކާއަށް ސައޫދީގެ ބޭނުން ޖެހުމުންނެވެ. ސައޫދީއަށް ކަމެއް ދަމެއް ބޮޑުވުމަކުން އެމެރިކާއަށް އެއީ ވިސްނަން ޖެހޭ ވަރުގެ ކަމަކަށް ނުވެ އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ބުނެ ސައުދީގެ އޮފިޝަލުން އެމެރިކާއާށް ވަނީ ކިތަންމެ ފަހަރަކު ދަންނަވާފަ އެވެ. ފަލަސްތީނާ ގުޅޭ ގޮތުން މަޝްވަރާއަށް ގޮވާލި ނަމަވެސް މިހާތަކަށް އެމެރިކާ ފިނީ ބީރު ކަންފަތެކެވެ.

ސައޫދީގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާއަށް މިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ.

ޗައިނާ މެދުވެރިވެ ސައޫދީ އާއި އީރާން ސުލްހަވުން ދުނިޔެއަށް ދޭހަވަނީ އެ ދެ ގައުމުގެ މައްޗަށް ޗައިނާއަށް އޮތް ބާރެވެ. އަދި ޗައިނާ ބުނާ ކޮންމެ ގޮތެއް ހެދުމަށް އެ ދެ ގައުމު ރުހިފައި އޮތް މިންވަރެވެ.

އަނެއްކޮޅުން، މުހައްމަދު ބިން ސަލްމާގެ ޒައާމަތުގައި ސައޫދީގެ މިސްރާބު އޮތީ ހުޅަނގާ ދުރަށެވެ. ޗައިއާ އާއި ރަޝިއާ އަދި އިންޑިއާ ޝާމިލްވާ ގޮތުން ސައުދީން މިހާރު ގެންދަނީ ދުނިޔޭގައި އަމިއްލަ ސިޔާސަތެއް އެކުލަވާލަމުންނެވެ.

މިއިން އެއްވެސް ކަމެއްގައި ވޮޝިންގްޓަނަށް ފޮރުވިފައި އޮތް އެއްވެސް ކަމެއް ނެތެވެ.

އީރާނަށް ލުއިދިނުމުގެ ވިސްނުން

އީރާނާ ދެކޮޅަށް އެމެރިކާއިން ދަތިކޮށްފައި އޮންނަތާ ޒަމާނަށް ވީހާ ދުވަހެއް ވަނީ ވެފަ އެވެ.

އެހެން ނަމަވެސް، އެމެރިކާގެ މިހާރުގެ ވިސްނުމަކީ ކޮންމެ އަގެއް ދޭން ޖެނުނު ނަމަވެސް ޗައިނާ މެދުވެރިވެގެން ހަދާފައި އޮތް ސައުދީ-އީރާން ސުލްހައިގެ އެއްބަސްވުން ފޭލިކޮށްލުމެވެ.

މި އެއްބަސްވުން ފޭލިކޮށްލުމަށްޓަކައި އީރާނަށް އިގްތިސާދީ ގޮތުން ލުއިދޭން ޖެނުނު ނަމަވެސް އެމެރިކާ އޮތީ ތައްޔާރަށެވެ.

އަނެއްކޮޅުން އީރާންގެ ނިއުކްލިއާ އެއްބަސްވުމާ ބެހޭ ގޮތުން އެ ގައުމަށް ލުއިދެވިދާނެ ގޮތްތައް އެމެރިކާގެ އޮފިޝަލުންނަށް ކުއްލިއަކަށް ވިސްނިއްޖެ އެވެ.

އެމެރިކާ އާއި ސައޫދީއާ ގުޅުން ގޯސްވުމުގައި، ޔަމަނުގައި ބާރުގަދަކޮށްގެން ތިބި ހޫސީންނާ ދެކޮޅަށް އެމެރިކާއިން ކަމެއް ނުކުރުން ހިމެނެ އެވެ.

އެމެރިކާގެ ވެރިކަމާ ހަވާލުވަޑައިގެން ބައިޑެން ވަނީ ހޫސީންނަކީ ޓެރަރިސްޓް ޖަމާއަތެއް ގޮތުގައި ކުރިން އޮތް އޮތުން ބާތިލުކުރައްވާފަ އެވެ.

އެހެންކަމުން، ޗައިނާއަށް ޕްރެޝަރު ކުރުމަށްޓަކައި އެމެރިކާ ސިފައި ޔަމަނަށް ފޮނުވައި ސައޫދީއާ ގާތްގުޅުމެއް އުފެއްދުމަކީ ވެސް އެމެރިކާ ހިންގަން ތިބި ޔަހޫދީ ފިކުރުތަކުން ކުރަހުމުން ގެންދާ ކުރެހުންތަކެކެވެ.