އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފަސް ވަނަ ބުރުން ޓޮޓެންހަމާއި އާސެނަލް އަދި މެންޗެސްޓާ ސިޓީ ރޭ ޖާގަ ހޯދައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް މޮޅުވީ ބާންލީ އަތުން 2-1އިންނެވެ. ލަނޑު ޖެހީ ޗަމްބާސް އާއި އެލެކްސިސް ސަންޗޭޒް އެވެ.
ޓޮޓެންހަމް މޮޅުވީ ކޮލްޗެސްޓާ ޔުނައިޓެޑް އަތުން 4-1އިންނެވެ. ޑިއާ އާއި ޗަޑްލީ އަދި ތޯމަސް ކެރޯލް ލަނޑު ޖަހައިދިން މެޗުން ޓޮޓެންހަމް ކާމިޔާބު ހޯދީ ފަސޭހަ ކަމާއެކުގަ އެވެ.
މެންޗެސްޓާ ސިޓީ މޮޅުވީ އެސްޓަންވިލާ އަތުން 4-0އިންނެވެ. ކެލެޗީ ޅިއެނާޗޯ ހެޓްރިކް ހެދިއިރު އަނެއް ގޯލު ޖެހީ ރަހީމް ސްޓާލިންނެވެ.
ލިވަޕޫލަށް ޖެހޭނީ ފަސް ވަނަ ބުރުން ސަލާމަތްވުމަށް އެސްޓަންވިލާއާއެކު އިތުރު މެޗެއް ކުޅޭށެވެ. އެއީ ރޭ ކުޅުނު މެޗު 0-0އިން އެއްވަރުވުމުންނެވެ. ވަރަށް ޒުވާން ޓީމެއް ލިވަޕޫލުން ނެރުނުއިރު ރޭގެ މެޗު އެއްވަރުވުމުން އެ ޓީމު ކުރިއަށް އޮތް 27 ދުވަހު ކުޅެން ޖެހޭ މެޗުތަކުގެ އަދަދު ވަނީ ނުވަޔަކަށް އަރައިފަ އެވެ. މިއީ އަނިޔާގެ ސަބަބުން މެދުފަންތީގެ ސްކޮޑް އިތުރަށް ބަލިކަށިވެފައިވާއިރު ކޯޗު ޔާގެން ކްލޮޕަށް ކުރިމަތިވާނެ ބޮޑު މައްސަލައަކަށްވާނެ އެވެ.