ބޭރު ކުޅިވަރު

އެމެރިކާގެ ޑިފެންޑަރު ޗެލްސީ އަށް

އެމެރިކާގެ ނިއުޔޯކް ރެޑްބުލްސްގެ ޑިފެންޑަރު މަޓް މިއަޒްގާ ޗެލްސީ އަށް ސޮއިކޮށްފި އެވެ.

ހަތަރު އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި އޭނާ ޗެލްސީ އަށް ގެނައުމުން ޓީމުން މިހާރަށްވުރެ ބޮޑަށް ގެރީ ކާހިލް ބާކީވާނެ ކަމަށް ލަފާކުރެވެ އެވެ.

އެމެރިކާގެ އުމުރުން 20 އަހަރުގެ މިއަޒްގާ އަކީ މޭޖާ ސޮކާ ލީގުގައި މިދިޔަ ސީޒަނުގައި އެންމެ މޮޅަށް ކުޅުނު އެއް ޑިފެންޑަރެވެ.

ޗެލްސީ އަށް ސޮއިކުރުމަށްފަހު މިއަޒްގާ ބުނީ މިއީ ދުނިޔޭގެ މޮޅު ކުޅުންތެރިންގެ ކިބައިން ދަސްކުރަން އޭނާ އަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

އިނގިރޭސި ބޮޑެތި ކުލަބުތަކުން ގަތުމަށް މަސައްކަތް ކުރި މިއަޒްގާ ވަނީ ހުސްވި ސީޒަނުގައި 34 މެޗު ކުޅެފަ އެވެ. ޗެލްސީގެ ކޯޗު ގުސް ހިޑިންކްގެ ނަޒަރުގައި ޓީމުގެ ޑިފެންސް މިއަޒްގާގެ ސަބަބުން ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެ އެވެ.