މާލޭ ސިޓީ

ބެލްކަނިން ވެއްޓި ހަތަރު އަހަރުގެ ކުއްޖަކު މަރުވެއްޖެ

Mar 13, 2023

މާލޭގެ ގެއެއްގެ ފަސްވަނަ ފަންގިފިލާއިން ވެއްޓުނު ހަތަރު އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

އެ ކުއްޖާ ވެއްޓިފައިވަނީ ހެންވޭރުގައި ހުރި ގެއެއްގެ ފަސްވަނަ ފަންގިފިލާގެ ބެލްކަނިންނެވެ.

ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 12:20 ހާއިރު އެވެ.

ކުއްޖާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭ 2:00 ހާއިރު އެވެ.

އިމާރާތުން އެ ކުއްޖާ ވެއްޓެން މެދުވެރިވި ސަބަބު ކަށަވަރުނުވާއިރު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގައި ހުރި އިމާރާތަކުން މިދިޔަ އަހަރު ހަތަރު އަހަރުގެ ކުއްޖަކު ވެއްޓީ ވަނީ މަރުވެފަ އެވެ.