މޯލްޑިވްސް ޕޮލިސް ސާވިސް

ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ރޭގެ ދަންވަރު މާލޭގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނެފައިވަނީ މާރަމާރީގައި ޒަހަމް ކޮށްލާފައިވާ ކުއްޖާއަށް ހަމަލާ ދީފައިވަނީ ރޭ 12:05 ވީ ކަން ހާއިރު ކާނިވާ ސަރަހައްދުން ކަމަށެވެ.

ޒަހަމްވުމުގެ ސަބަބުން މި ކުއްޖާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ވެއެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ލިބޭގޮތެއް ނުވެއެވެ.