މާރާމާރީ ހިންގުން

ގެއަކަށް ވަދެ މާރާމާރީ ހިންގާ ތިން މީހަކު ޒަހަމުކޮށްލައިފި

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ: ގެއެއްގެ ތެރެއަށް ގުރޫޕެއް ވަދެ މާރާމާރީ ހިންގި މައްސަލައެއް ދަނީ ބަލަމުން -- އަވަސް ފޮޓޯ
0%
0%
0%

މާލޭގައި ގެއެއްގެ ތެރެއަށް ބަޔަކު މީހުން ވަދެ މާރާމާރީ ހިންގައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި ރޭ 10:45 ހާއިރު ހިނގި މި މާރާމާރީގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އެ މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެ މީހުންނަށް ލިބުނު ޒަހަމުގެ ތަފްސީލެއް ނުދެއެވެ. އަދި ހޮސްޕިޓަލުންވެސް އެ މައުލޫމާތެއް ކަށަވަރެއް ނުކުރެވުނެވެ.

މާރާމާރީގައި ޒަހަމުވެފައިވަނީ އުމުރުން 23 އަަހަރާއި 35 އަހަރާއި 36 އަހަރުގެ ތިން މީހެކެވެ. އެއީ ދިވެހި ތިން ފިރިހެނުންނެވެ.

މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މައްސަލައިގެ ތަހުގީގު ހިންގަމުންދާ ކަމަށްވެސް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345