މާރާމާރީ ހިންގުން

މާރާމާރީއެއްގައި މީހަކު ޒަހަމުކޮށްލައިފި

މާރާމާރީއެއް ހިނގި ސަރަހައްދެއްގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ -- ފޮޓޯ: އަވަސް
0%
0%
0%

މާލޭގައި މާރާމާރީއެއްގައި މީހަކު ޒަހަމުކޮށްލައިފި އެވެ.

ފުލުހުން ބުނީ ގަލޮޅު އަވަށުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެއީ ދެ މީހެއްގެ ދެމެދު ހިނގާފައިވާ މާރާމާރީއެއް ކަމަށާ މާރާމާރީގައި ޒަހަމްވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާރާމާރީގައި ޒަހަމްވި މީހާއަށް ހަމަލާދިނީ ތޫނު އެއްޗަކުން ކަމަށް އަޑުފެތުރުނު ނަމަވެސް މާރާމާރީގައި ތޫނު އެއްޗެއް ބޭނުންކޮށްފައިނުވާ ކަމަށެވެ. އާންމުވެފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ޒަހަމްވި މީހާގެ ބޮލުން ގިނަ އަދަދަކަށް ލޭ އައިސްފައިވެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345