މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭގެ އިމާރާތަކުން ވެއްޓުނު މީހާ މަރުވެއްޖެ

Mar 13, 2023
1

މާލޭގެ އިމާރާތަކުން މިރޭ ވެއްޓުނު މީހާ މަރުވެއްޖެ އެވެ.

މިހާދިސާ ހިނގާފައި މިވަނީ ރޭ ދަންވަރު މާލޭގެ ހެންވޭރުގެ ގެއަކުން ހަތަރުގެ ކުޑަކުއްޖަކު ވެއްޓި މަރުވެފައި ވަނިކޮށެވެ.

ފުލުހުން ބުނީ މިރޭ 8:05 ހާއިރު ހެންވޭރުގެ ގެއަކުން މީހަކު ވެއްޓިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމީހާ މަރުވެފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މަރުވެފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ހަދީޖާ އަލި ދީދީ ކިޔާ މީހެކެވެ. އޭނާ މާލެ އައިސްހުރީ ބޭސްފަރުވާއަކަށް ކަމަށް އެނގިފައިވެ އެވެ.

ހަދީޖާ މަގުމައްޗަށް ވެއްޓުނުތާ މާގިނައިރު ނުވަނީސް އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެެވެ.

އަންހެން މީހާ މަގުމައްޗަށް ވެއްޓިފައި އޮތް ފޮޓޯ ސޯޝަލްމީޑިއާގައި ދައުރުވާތީ ފުލުހުން ވަނީ އެގޮތަށް އެކަން ނުކުރަން އިލްތިމާސްކޮށްފަ އެވެ.