ޝާހް ރުކް ޚާންގެ "ޕަޓާން" ރިލީޒްކުރިތާ މަހަކަށް ވުރެ ގިނަ ދުވަސްވީއިރުވެސް ފިލްމު ބަލާހިތުން ސިނަމާއަށް ދާ މީހުން މަދެއް ނުވެ އެވެ.
މިހާތަނަށް 1000 ކްރޯޑަށް ވުރެ ގިނައިން މި ފިލްމަށް ފައިސާ ލިބިފައިވާއިރު މިއީ މިހާތަނަށް ރެކޯޑެކެވެ.
އެންމެ ކާމިޔާބު ފިލްމެއް ކަމަށް ކުރިން ބެލެވިފައި އޮތް "ބަހޫބަލީ 2" އަށް ވެސް މިއާ ގާތް ކުރާ ވަރަށްވެސް ފައިސާ ލިބިފައެއް ނުވެ އެވެ. އެހެންކަމުން "ޕަތާން"ގެ ކާމިޔާބަކީ ބެންޗްމާކެކެވެ.
ފިލްމު އުފައްދާ އެހެން ފަރާތްތަކުން މިހާރު ޖެހިފައިވަނީ މި ފިލްމުގެ ރެކޯޑް މުގުރާލެވޭ ވަރުގެ ކާމިޔާބު ފިލްމެއް އުފައްދަން މަސައްކަތް ކުރާށެވެ.
މި ފިލްމު ސިނަމާގައި ރިލީޒްކުރިއިރު ފިލްމުގެ ވަރަށް މުހިއްމު މަންޒަރުތަކެއް ކަނޑާލާފައިވެ އެވެ. އޭގެ ތެރެއިން އެއް މަންޒަރަކީ "އޭނާ އިސްލާމް ދީނުގައި އަންގަވާފައިވާ ކަންކަން ކުރަންތޯ؟ ޝާހް ރުކްގެ ކެރެކްޓާ ކައިރީ ދީޕިކާގެ ކެރެކްޓާ އަހާ މަންޒަރެވެ.
އަފްޣާން އަވަށެއްގެ ކުޑަ ކުދިންތަކެއް ސަލާމަތްކުރުމުގައި އެހީތެރިވުމުން "ޕަޓާން"ގެ ނަމުން އޭނާ މަޝްހޫރުވެ އެވެ.
ސިނަމާތަކުގައި ރިލީޒްކުރި ފިލްމުން ޝާހް ރުކް އަކީ ކޮން ދީނެއްގެ މީހެއް ކަމަށް ނޭނގެ އެވެ. ޑައިރެކްޓަރު ބުނެފައިވަނީ މި ކަން އޯޓީޓީ ރިލީޒްގައި އޮޅުން ފިލުވައިދޭން އޭނާ ގަސްތު ކުރާ ކަމަށެވެ.
"ޕަޓާން"ގެ ޑައިރެކްޓަރު ސިދާރްތު އާނަންދް ވަރަށް ފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ޝާހް ރުކްގެ ކެރެކްޓާގެ ދީނީ އަގީދާ ދައްކުވައިދޭ ބައި ފިލްމުން ކަނޑާލާފައި ވިޔަސް އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކުރާއިރު އެބައި ހިމަނަން އޭނާ ގަސްތުކުރެ އެވެ.
"ޕަޓާން"ގައި ޝާހް ރުކްގެ އިތުރުން ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ބައިވެރިވެ އެވެ.