އައިޖީއެމްއެޗް

ރޯދަ މަހު އައިޖީއެމްއެޗުން ހިދުމަތް ދޭ ގަޑިތައް ކަނޑައަޅައިފި

ރޯދަ މަހު އައިޖީއެމްއެޗުގައި ހިދުމަތް ދޭނެ ގަޑިތައް ކަނޑައަޅައިފި އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޯދަ މަހު އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީން ހިދުމަތް ލިބެން ހުންނާނީ ހެނދުނު 09:00 އިން ހަވީރު 16:00 އަށް ކަމަށެވެ.

ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އައިޖީއެމްއެޗުގެ ލެބޯޓްރީން ހިދުމަތް ލިބޭނީ 08:00 އިން ފެށިގެން 17:00 އަށެވެ. އަލްޓްރާސައުންޑް ސްކޭނާއި ސީޓީ ސްކޭންގެ ހިދުމަތް ލިބޭނީ 09:00 އިން 15:00 އަށެވެ.

ކެއުމަށްފަހު ދެގަޑިއިރު ފަހުން ހަދާ ލޭގެ ޓެސްޓްތައް ހެދޭނީ 20:00 އިން 22:00 އަށެވެ. އެކްސްރޭގެ ހިދުމަތް ލިބޭނީ 08:00 އިން 15:30 އަށެވެ. އަދި އެމްއާރްއައި ހެދުން ކުރިއަށް ދާނީ 08:00 އިން 21:00 އަށެވެ.

މީގެ އިތުރުން އީސީޖީ ހަދައިދޭނީ 8:30 އިން 14:30 އަށް ކަމަށާއި ފިޒިއޯތެރަޕީގެ ހިދުމަތްތައް ދޭނީ 08:00 އިން ފެށިގެން 14:30 އަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލްގެ ޓްރޯމާ އެންޑް އެމަޖެންސީގެ ހިދުމަތް ކޮންމެ ދުވަހަކުވެސް 24 ގަޑި އިރު ލިބޭނެ ކަމަށެވެ.