މޯލްޑިވްސް ޕޮލިސް ސާވިސް

ވިލިމާލެއިން 13 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ވިލިމާލެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާ ގެއްލިގެން ރޭ 1:33 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން މިހާރު އަންނަނީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކުއްޖާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ބައެއް މީޑިއާތަކުން އެކުއްޖާގެ އާއިލާއާއި ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ކުއްޖާ ގެއްލިގެން ހޯދަން ފަށާފައިވަނީ ރޭ 7:30 ހާއިރު އޭނާ އުޅޭ ގޭގެ ކަންމަތީގައި ހުންނަ ފިހާރައަކަށް ދަނީ ކަމަށް ބުނެ ނިކުތް ފަހުން ހަބަރެއް ނުވުމުންނެވެ.

ގެއިން ނިކުތް ވަގުތު ކުއްޖާގެ އަތުގައި ފޯނު އޮތް ކަމަށާއި ނަމަވެސް ފޯނަށް ނުގުޅޭ ކަމަށްވެސް އާއިލާއިން ވަނީ މީޑިއާއަށް މައުލޫމާތު ދީފަ އެވެ.