މޯލްޑިވްސް ޕޮލިސް ސާވިސް

އައްސަދު ފެނިއްޖެ، ހާލު ރަނގަޅު

ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުން ދިޔަ އެރަށު ރަތްވިލާއާގެ، އައްސަދު އަހުމަދު (38އ) ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އައްސަދު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ބުރާސްފަތި ދުވަހުގެ ރޭ 1:10 ގާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އައްސަދު ވަނީ ރޭ ދަންވަރު ގެއަށް އައިސްފަ އެވެ.

އޭނާ ގެއްލުނުފަހުން ބައެއް މީހުންނާ ފޯނުން ވާހަކަ ދެއްކި ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ.

އައްސަދު ގެއްލުމުން އޭނާ ހޯދުމުގެ މަސައްކަތް ރަށު ކައުންސިލާއި ފުލުހުންގެ އިތުރުން ރަށުގެ ރައްޔިތުން ވަނީ ކޮށްފަ އެވެ.