ބޭންކް އޮފް މޯލްޑިވްސް

ރޯދަ މަހު ބީއެމްއެލް ހުޅުވާނީ ހެނދުނު 9:30ގައި

Mar 20, 2023

މިއަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ރޯދަ މަހު ހިދުމަތްދޭ ގަޑިތަކަށް ބަދަލު އައި ނަމަވެސް ބޭންކުގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތާއި ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ވެސް ރޯދަ މަހު ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.

"ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ ބީއެމްއެލް އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯއްދެވުމެވެ،" ބީއެމްއެލް އިން ބުނެފައިވެ އެވެ.