އިޓާލިއަން ލީގުގައި ރޭ ވާދަވެރި އޭސީ މިލާން އަތުން 3-0 އިން އިންޓަމިލާން ބަލިވި މެޗުގައި ކޯޗު ރޮބާޓޯ މަންޗީނީ ބެންޗުން ފޮނުވާލައިފި އެވެ.
މި ބައްޔާއެކު 41 ޕޮއިންޓާއެކު އިންޓަމިލާން ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އޭސީ މިލާން އޮތީ 36 ޕޮއިންޓާއެކު ހަވަނާގަ އެވެ.
އެލެކްސް އާއި ނިއަންގް އަދި ކާލޮސް ބައްކާ ގޯލު ޖަހައިދިން މެޗުގައި އިންޓަގެ ކޯޗު މަންޗީނީ ބެންޗުން ފޮނުވާލީ މެޗުގެ 70 ވަނަ މިނިޓްގައި އޭނާގެ ޓީމަށް ލިބުނު ޕެނަލްޓީ ނާކާމިޔާބުވުމުން އޭނާގެ އަމަލުތައް ބެހެއްޓި ގޮތުންނެވެ. އިންޓަމިލާނުގެ ފޯމު ކަޓާފައި ހުރި ފޯވަޑް މައުރޯ އިކާޑީ އަތުން މި ޕެނަލްޓީ ނާކާމިޔާބުވިއިރު އެ ޓީމަށް ރަނގަޅަށް ކުޅެވިފައިވެސްނުވެ އެވެ.
ފަހަކަށް އައިސް އިންޓަމިލާނުގެ ފޯމު ކަޓާފައިވާތީވެ މަންޗީނީ ވަނީ ފޯވަޑް ލައިނަށް އާ ކުޅުންތެރިއަކު ވެސް ހޯދައިފަ އެވެ. ނަމަވެސް ލޯނު އުސޫލުން ފިއޮރެންޓީނާއިން ގެނައި ފޯވަޑް އެޑާ ވެސް ރޭ އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.
އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް މޮޅުވީ ކިއޭވޯ ވެރޯނާ އަތުން 4-0އިންނެވެ. ޓޭބަލުގެ އެއްވަނާފައިވާ ނަޕޯލީ މޮޅުވީ އެމްޕޯލީ އަތުން 5-1
އިންނެވެ. އެއްވަނާގައި ނަޕޯލީ އޮތީ 50 ޕޮއިންޓާއެކުގަ އެވެ. ޔުވެންޓަސް ދެ ވަނާގައި އޮތީ 48 ޕޮއިންޓާއެކުގަ އެވެ. ތިން ވަނާގައިވަނ 42 ޕޮއިންޓާއެކު ފިއޮރެންޓީނާ އެވެ.