ޖުމްހޫރީ ޕާޓީ

ހަނަފީ، ޖޭޕީން ވަކިވެވަޑައިގެންފި

Mar 21, 2023
1

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު އަހްމަދު (ހަނަފީ) ޖޭޕީން ވަކިވެވަޑައިގެންފި އެވެ.

ހަނަފީ ޖޭޕީން ވަކިވެވަޑައިގެންފައި މިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރަކަށް އިއްޔެގެ ވަގުތެއްގައި އައްޔަންކުރައްވާފައި ވަނިކޮށެވެ.

ގާސިމްގެ އެޑްވައިޒަރަކަށް ހަނަފީ އައްޔަންކުރެއްވީ މިދިޔަ މަހު ބޭއްވި ޖޭޕީގެ ނައިބް ލީޑަރުން ހޮވުމުގެ އިންތިހާބުގައި އޭނާ ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށެވެ.

ހަނަފީން ޖޭޕީން ވަކިވެވަޑައިގެން ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި މިދިޔަ ދުވަސްތަކުގައި އޭނާ އިހްލާސްތެރި މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި ގާސިމްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ޝުކުރުވެސް އަދާކުރައްވާފައިވެ އެވެ.

ހަނަފީގެ ސިޓީގައިވާ ގޮތުން އޭނާ ޖޭޕީން ވަކިވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ވިސްނުން މިވަގުތު ހުރީ ދިވެހި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ގަބޫލުނުކުރައްވާތީ އެވެ. އެކަމަކު އެއީ ކޮން ކަމެއް ކަމަކަށް ބުނެފައެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން އެ ޕާޓީގެ ސްލޮޓެއްގެ ރައީސް އޮފީހުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި އަހްމަދު ސަމީރު ވެސް ވަނީ ޖޭޕީން ވަކިވެވަޑައިގަތުމަށް ނިންމަވާފަ އެވެ.