ކެބޭޖު ކެއުމުން ހަކުރު މައްޗަށް ދާ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
މިކަމާ ގުޅޭ ގޮތުން ދުނިޔޭގެ ފެންވަރުގެ ތިން ނިއުޓްރިޝަނިސްޓަކު ލަފާ ދެއްވާފައިވެ އެވެ. އެތަނުން އެއް ބޭފުޅަކީ މާސްޓާ އޮފް ސައިންސް އިން އެކްސަސައިޒް ފިޒިއޮލޮޖީ އެންޑް ސްޕޯޓްސް ނިއުޓްރިޝަން ހާސިލު ކުރައްވައި މި މަސައްކަތުގައި ހަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ސެޓެފިނީ ސްމޯލް އެވެ.
އޭނާ ވިދާޅުވާ ގޮތުގައި ކެއުމުގައި ކެބެޖު އެކަނި ބޭނުންކުރާނަމަ އެއީ ކާބޯހައިޑްރޭޓްސް މަދުން ހުންނަ ފައިބަރު ގިނަ ކެއުމެކެވެ. އަދި ކެބެޖު ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓާދޭނެ އެވެ. ހަކުރު މަތިވާތީ ނުވަތަ މެނޭޖްކުރަން އުނދަގޫ މީހުން ކެއުން ރަނގަޅު އެއްޗެއްގެ ގޮތުގައި އޭނާ ކެބޭޖް ފާހަގަކުރެއްވި އެވެ.
ޖަޕާންގެ ނިއުޓްރިޝަނިސްޓް މޮމޯކޯ ޓަކާޑާ ވިދާޅުވީ ކެބޭޖަކީ ޑައިޓްރީ ފައިބަރުން މުއްސަނދިވެފައިވާ އެއްޗަކަށްވާތީ ކެބޭޖު ކެއުމުން ހަކުރު މައްޗަށް ނުގޮސް ހިފެހެއްޓޭނެ ކަމަށެވެ. އަދި ކެބޭޖު ކާނަމަ ހަކުރު މަތިނުވެ އެއްވަރެއްގައި ހުންނާނެ ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ ކާން ފަށާއިރު އެންމެ ކުރިން ކާ އެއްޗެއްގެ ގޮތުގައި ކެބެޖު ބޭނުންކުރުން ކަމަށާއި އޭގެ އެދެވޭ ނަތީޖާ ފެންނާނީ އޭރުން ކަމަށްވެސް ޓަކާޑާ ވިދާޅުވި އެވެ.