މަސްތުވާތަކެތި

ޑްރަގު މައްސަލައެއްގައި މީހަކު ހޯދަނީ

Mar 26, 2023
1

މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯދަން ބޭނުންވާ މީހަކު ފިލައިގެން އުޅޭތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއި ވަނަވަރު އާންމުކޮށް، ހޯދަން އިއުލާންކޮށްފައިވަނީ ގދ. ހޯނޑެއްދޫ / ދޯދި، މުހައްމަދު އަކުރަމް އަބްދުލްހަންނާން (33އ) އެވެ.

ފުލުހުން ބުނީ އަކުރަމް ހޯދަނީ ފުލުހުންގެ ޑްރަގު އެންފޯސްމަންޓަށް ހުށަހެޅި ތަހުގީގުކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށެވެ. ނަމަވެސް އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އަކުރަމު ހޯދަން ކުރި އާންމު އިއުލާންގައި ފުލުހުން ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖަހާއިރު ފުލުހުންގެ މައި މަރުކަޒު -- ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވުމަށްވެސް އަންގާފަ އެެވެ.