ކުށްކުރުން

މަކަރާ ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

Mar 27, 2023

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ފިލައިގެން އުޅޭތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއި ވަނަވަރު އާންމުކޮށް، ހޯދަން އިއުލާންކޮށްފައިވަނީ ށ. ފުނަދޫ / ޑޭޒީމާ، އަހްމަދު އަޝްރަފް (21އ) އެވެ.

ފުލުހުން ބުނީ އަހްމަދު އަޝްރަފް ހޯދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށެވެ. ނަމަވެސް އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

އަކުރަމު ހޯދަން ކުރި އާންމު އިއުލާންގައި ފުލުހުން ވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖަހާއިރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށްވެސް އަންގާފަ އެެވެ.