އެޗްޑީސީ

އެޗްޑީސީގެ ސީއެސްއާރް ޓީމުން ހެދި ޕާކު ހުޅުވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއެސްއާރް ޓީމުން ހުޅުމާލޭގެ 704 ފްލެޓު ސަރަހައްދުގައި ހެދި ޕާކު ހުޅުވައިފި އެވެ.

މި ޕާކު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވާ ދެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފާއި އެހެން އިސްވެރިން ބައިވެރިވި އެވެ.

މި ރަސްމިއްޔާތާއެކު އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ތަރާވީހެއްވެސް ބާއްވާފަ އެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން އެޗްޑީސީން މި ޕާކު ހަދާފައި ވަނީ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލް ފަހަތުގަ އެވެ.

ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއި އެކު ހަދާފައިވާ މި ޕާކުގެ އެންމެ ހާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާކޮށްލެވޭ ގޮތަށް ހަދާފައިވާ ހޮޅުއައްޓެކެވެ.

މީގެ އިތުރަށް ކުޑަކުދިން ކުޅެން ހާއްސަކޮށްފައި މިނީ ފުޓްސަލް ދަނޑެއްވެސް ހަދާފައިވެ އެވެ.