އެގްރޯ ނޭޝަނަލް ކޯޕަރޭޝަން

އެގްރޯ ނެޓްގެ އެމްޑީގެ މަގާމުން ހާރޫން ވަކިކޮށްފި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހާރޫން ރަޝީދު މިއަދު ވަކިކޮށްފި އެވެ.

ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓް ހޯދައި ދިނުމަށް ސަރުކާރުން އުފެއްދި އެގްރޯ ނެޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރޫން އައްޔަންކުރީ 2020 ވަނަ އަހަރު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހާރޫން ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރެއިން ސަރުކާރުގެ އިސް މަގާމުތަކާއި ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންތައް މަގާމުތަކުން ދަނީ ވަކި ކުރަމުންނެވެ.

އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކުރެއްވި، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ.