ކަނޑުހުޅުދޫ

ގެއްލިގެން ހޯދި މީހާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

Mar 31, 2023

ގެއްލިގެން ހޯދަމުން ދިޔަ ގދ. ކަނޑުހުޅުދޫ ޒުވާނާ މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ކަނޑުހުޅުދޫގައި އުމުރުން 24 އަހަރުގެ ފިރިހެނަކު މިއަދު ފަތިހު 4:25 ހާއިރު ގެއިން ނިކުމެގެން ދިޔަ ހަބަރެއް ނުވެގެން 4:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޒުވާނާގެ އާއިލާ މީހުންނާ އެކު ފުލުހުން އޭނާ ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ސައިކަލްއާއި އެކު ރަށުގެ ފަޅުތެރޭގައި މޫދުގައި އޮއްވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ކަނޑުހުޅުދޫ ހެލްތު ސެންޓަރަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށްވެސް ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.