ޓޫރިޒަމް

ދިއްތުނޑީގައި ފަތުރުވެރިކަން ތަރައްގީކުރާނެ ބަޔަކު ހޯދަނީ

މ. ދިއްތުނޑީގައި ފަތުރުވެރިކަން ތަރައްގީކުރާނެ ބަޔަކު ހޯދުމަށް މ. ކޮޅުފުށީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

ދިއްތުނޑީގައި އިންޓެގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެޕްރީލް 10 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ބިޑު ކުރަންޖެހެ އެވެ.

ބޮޑުމިނުގައި 10 ހެކްޓަރު ހުރި ދިއްތުނޑިއަކީ ނޮވެލްޓީގެ ވެރިޔާ މަރުހޫމް އަލީ ހުސެއިން ގިނަ އަހަރުތަކެއް ވަންދެން ވަރުވާއަށް ލިޔުއްވައިގެން ބެލެހެއްޓި ރަށެކެވެ.

ކޮޅުފުށީ ކައުންސިލުން އާންމުކުރި ކުރެހުމުގައި ދިއްތުނޑީގެ ބައެއް ފަތުރުވެރިކަމުގެ އިތުރުން ދަނޑުވެރިކަމާއި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައިވެ އެވެ.