ބަޖެޓު 2023

ބަޖެޓު ކުރި ވަރަށްވުރެ އިތުރަށް އެސްއޯއީތަކަށް ފައިސާ ދޫކޮށްފި

Apr 1, 2023

ދައުލަތުގެ ބަޖެޓުގައި ކަނޑައެޅި އަދަދަށްވުރެ އިތުރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް -- އެސްއޯއީތަކަށް ފައިސާ ދޫކޮށްފި އެވެ.

ދައުލަތުގެ ބަޖެޓުގައި އެސްއޯއީތަކަށް މިއަހަރު ދޫކުރަން ކަނޑައެޅީ 370 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާޗް 23 ވަނަ ދުވަހުގެ ނިޔަލަށް އެސްއޯއީތަކަށް 406 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. މިއީ ބަޖެޓުގައި ކަނޑައެޅި އަދަދަށްވުރެ 36 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްއޯއީތަކަށް ދޫކުރީ 193.6 މިލިއަން ރުފިޔާ އެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް ފައިދާ ލިބޭއިރު ގިނަ ކުންފުނިތަކަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަން ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ) ވަނީ މީގެ ކުރިން ފާހަގަކޮށްފަ އެވެ.