ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަކީ ރަނގަޅު ކަމެއްތޯ ބެލުމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭ އެމެރިކާގެ އެންމެ މަތީ ކޯޓުން އެގޮތަށް ނިންމީ މަރުގެ އަދަބު ދިނުމަށް ޖަހަމުންދާ ތިން ޑްރަގްގެ ތެރެއިން އެއް ޑްރަގް ޖެހުމުން ކުށްވެރިޔާއަށް އެތައް ވޭނެއް ތަހައްމަލު ކުރަންޖެހޭ ކަމަށް ބުނެ މަރަން ހުކުމްކޮށްފައި ތިބި ތިން މީހެއްގެ ފަރާތުން އެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
އެ މައްސަލަ ނިމެންދެން ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުން މަޑުޖައްސާލަން އަމުރުކޮށް ދިނުމަށް އެ ތިން މީހުންގެ ވަކީލް އެދިފައިވީ ނަމަވެސް އެކަމާ މެދު ކޯޓުން ވަކި އެއްޗެއް މިހާތަނަކަށް ނުބުނެ އެވެ. ނަމަވެސް ކުރިން އެ ކޯޓުން ނިންމާފައިވަނީ މަރުގެ އަދަބު ދިނުމަށް ހަމަޖައްސާފައި ތިބި އެއްވެސް މީހަކަށް މަރުގެ އަދަބު ތަންފީޒު ކުރުން ނުހުއްޓުވައި، ކުރިއަށް ގެންދިއުމަށެވެ.
ނުވަ ފަނޑިޔާރުން ތިބޭ އެމެރިކާގެ ސުޕްރީމް ކޯޓުން މަރުގެ އަދަބެއް ތަންފީޒު ކުރުން ހުއްޓުވަން ބޭނުން ނަމަ ފަސް ފަނޑިޔާރުންގެ ތާއީދު އެކަމަށް ބޭނުންވެ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގައި މަރުގެ އަދަބު ދިނުމަށް އިންޖެކްޝަން ޖެހުމުން އޭނާ މަރު ނުވެ، އިރުތަކެއް ވަންދެން ގަދަ ވޭނެއް ތަހައްމަލު ކުރަން ފެށުމުން އޭނާއަށް މަރުގެ އަދަބު ދިނުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް މިމަހުގެ 15 ވަނަ ދުވަހު އޭނާއަށް ވަނީ މަރުގެ އަދަބު ދީފަ އެވެ.
އެ މީހާ މެރުމުގައި ދިނުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން އެމެރިކާގެ ބައެއް ސްޓޭޓްތަކުން ވަނީ މަރުގެ އަދަބު ދިނުމުގައި ބޭނުން ކުރާ ޑްރަގްސްތަކުގެ މިންވަރު އިތުރުކޮށްފަ އެވެ.
ވޭން ތަހައްމަލު ކުރަންޖެހޭ ފަދަ އަދަބުތައް ކުށްވެރިންނަށް ދިނުމަކީ އެމެރިކާގެ ގާނޫނު އަސާސީގައި މަނާކޮށްފައި އޮންނަ ނަމަވެސް މަރުގެ އަދަބު ދިނުމަކީ ހުއްދަ ކަމެއް ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ކުރިން ވަނީ ނިންމައިފަ އެވެ. އެމެރިކާގައި މަރުގެ އަދަބު ތަންފީޒު ކުރަން ބޭނުންކުރާ ޑްރަގްސްތައް އެ ގައުމަށް ފޯރުކޮށް ދިނުމަށް އެތަކެތި އުފައްދާ ކުންފުނިންތަކުން ބައެއް ފަހަރު ދެކޮޅު ހަދަ އެވެ.