މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

Apr 3, 2023

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 9:45 ހާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްޕީއެލް މުވައްޒަފުންނަށް ހަދާފައިވާ ފްލެޓްތަކުގެ ކައިރީގަ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުން މި ހާދިސާގައި މަރުވީ "އާބަންކޯ" ގެ މުވައްޒަފެއް ކަމަށްވާ އަބްދުﷲ ރަޝީދު (59އ) އެވެ.

އެކްސިޑެންޓް ހިނގީ ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ.

މި މީހާ މަރުވީ އެކްސިޑެންޓާ ގުޅިގެން ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ރޯދަ މަހުގެ ފުރަތަމަ 10ގައި އެކްސިޑެންޓްތައް ހިނގުމަކީ އާންމުކަމެކެވެ. މިއީ މިއަހަރުގެ ރަމަޟާން މަހު މަގުމަތީގެ އެކްސިޑެންޓެއްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.