އަބްދުﷲ ޒިޔަތު

އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުން ޒިޔަތު ވަކިކޮށްފި

Feb 1, 2016

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި މިހާތަނަށް ހުންނެވި އަބްދުﷲ ޒިޔަތު މަގާމުން މިއަދު ވަކިކޮށްފި އެވެ.

ޒިޔަތު މަގާމުން ވަކި ކުރިކަން ޔަގީންކޮށްދެއްވާފައި ވަނީ ޕްރައިވެޓައިޒޭޝަން ބޯޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ.

މިއަދު ޒިޔަތު މަގާމުން ވަކި ކުރި އިރު ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ދިން ބޮމުގެ ހަމަލާގެ ތަހުގީގުގެ ތެރެއިން ފެންމަތިވި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބޮޑު މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން އޭނާގެ މައްޗަށް ވަނީ ހިޔާނާތުގެ ދައުވާ އުފުލާފަ އެވެ.

މީގެ އިތުރުން ވެސް އޭނާގެ މައްޗަށް ތުހުމަތުވާ ގިނަ މައްސަލަތަކެއް ބަލަމުން އަންނަ އިރު އޭނާ ބެލުމުގެ ދަށުގައި އޮތް އެމްއެމްޕީއާރްސީގެ އޮޑިޓެއް މިހާރު ވަނީ އެކުލަވައިލާ އާންމު ކުރުމުގެ މަގުމަތީގައެވެ.