އަބްދުﷲ ޒިޔަތު

ޒިޔަތަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލި އިތުރު ތިން ދައުވާއެއް ސާބިތުވެ އޭނާ 12 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު މި ހުކުމް ކުރީ ދައުވާތަކަށް ޒިޔަތު އެއްބަސްވެފައިވާތީ އާއި ދައުލަތާ އެކު ހަދާފައިވާ އެއްބަސްވުމަށް ބެލުމަށްފަހު އެވެ.

ޒިޔަތަށް އުފުލި ދައުވާތަކާ ގުޅިގެން ދައުލަތާ އެކު އޭނާ ހެދި އެއްބަސްވުމުގެ ދަށުން ކޮންމެ ދައުވާ އަކީ އަންނަ ތިން އަހަރުގެ ހުކުކެމެވެ.

ޒިޔަތު ވަނީ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފްވެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގައި ދައުލަތަށް އެއްބާރުލުން ދޭން އެއްބަސްވެފަ އެވެ. އަދި ވަކީލެއްގެ ފުރުސަތަކަށް ވެސް އެދިވަޑައިގެންނެވި އެވެ.

މިމައްސަލަ ބެއްލެވި ގާޒީ އިބްރާހިމް ޒިހުނީ ވިދާޅުވީ ކުށަށް ސައްހަ އިއުތިރާފެއް އޮތުމުންނާއި ދައުލަތާ އެކު ހަދާފައި އޮތް އެއްބަސްވުމެއް އޮތުމުން އޭނާ 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ކަމަށެވެ.

ޒިޔަތު މިހާރުވެސް ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ޅ. މާބިންހުރާ ކުއްޔަށް ދިންއިރު ހިންގާފައިވާ ހިޔާނާތުގެ ކުށްތަކެއް ސާބިތުވުމާ ގުޅިގެންނެވެ.