މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭގައި ހުރި ކެމިކަލް ގުދަން ހުސްކޮށްފި

Apr 4, 2023
1
މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަން
0%
0%
0%

މާލޭގެ ގެއެއްގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަން ހުސްކޮށްފި އެވެ.

ކެމިކަލް ރައްކާކޮށްފައި ހުރީ ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެން ހުރި ތަނެއްގަ އެވެ.

މާލޭގެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކަކަށްފަހު މާލޭގައި ކެމިކަލް ގުދަންކޮށްގެން ގެންގުޅުމަކީ މަނާ ކަމެކެވެ.

ކެމިކަލް ރައްކާކޮށްފައި ހުރި ތަނުގެ ފޮޓޯތަކާ އެކު އެ ގުދަނުގެ މައްސަލަ އާންމު މީހަކު ސޯޝަލް މީޑިއާގައި ތިލަކުރުމާ އެކު އެ މައްސަލައިގައި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ކަމާ ގުޅޭ އިދާރާތަކަށް އަމާޒުވި އެވެ.

މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަން

ކެމިކަލް ގުދަނުގައި ހުރި ހުރިހާ ތަކެތި ހުޅުމާލެއަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދެ އެެވެ.

އެމްއެންޑީއެފް އިން އިއްޔެ ބުނީ މި ގުދަނުގައި ހުރި ތަކެތި ގުދަންކޮށްފައި ހުރީ ގަވާއިދާ ހިލާފަށް ކަމަށެވެ.

މާލެ ސަރަހައްދުގައި ކެމިކަލް ގުދަން ކުރަން ބޭނުންވާނަމަ ހުޅުމާލެ އަދި ތިލަފުށީގައި ސަރުކާރުން ވަނީ އެކަމަށް ބިންތަކެއް ހާއްސަކޮށްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހިތަދޫ

ހުޅުމާލޭން ފަސޭހައިން ބިމެއް ހޯދަން ޖެއްސި ގޭމެއް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345