ވިޔަފާރި

ގިނަ މަޝްރޫއުތަކާއެކު އެމްޓީސީސީގެ ފައިދާ މައްޗަށް!

  • ފަހު ކްއާޓަރުގައި 36 މިލިއަން ރުފިޔާ ލިބުނު
  • ފަހު ކްއާޓަރުގައި 305 މިލިއަން ރުފިޔާގެ ވިޔަފާރިކުރި
  • ކުރީ އަހަރާ އަޅާ ބަލާއިރު 8.1 މިލިއަން އިތުރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ސަރުކާރުން ހަވާލުކުރި ގިނަ މަޝްރޫއުތަކާއެކު ކުންފުނީގެ ފައިދާ އިތުރުވެއްޖެ އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރު (ފުރަތަމަ ތިން މަހު) އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 41.6 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓަރުގައި 45.6 މިލިއަން ރުފިޔާ ލިބުނުއިރު، ތިންވަނަ ކްއާޓަރުގައި ލިބިފައިވަނީ 28.7 މިލިއަން ރުފިޔާ އެވެ. އަދި ހަތަރު ކުއާޓަރުގައި މި އަދަދު ވަނީ 36 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ހަތަރު މަސް ދުވަހު އެ ކުންފުނިން 305 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. މި ކްއާޓަރުގެ ސާފު ފައިދާ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 8.1 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.