ވިޔަފާރި

މަހާޖައްރާފު މިއަދު ހަވީރު ކުޅުދުއްފުއްޓަށް

Oct 25, 2017
4

މަހާޖައްރާފު މިއަދު ހަވީރު ކުޅުފުއްފުއްޓަށް ބަނދަރު ކުރާނެ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ކޮންނަ ބޯޓު މަހާޖައްރާފު މިއަދު ކުޅުދުއްފުއްޓަށް ބަނދަރު ކުރުމަށްފަހު، މާދަމާގެ ވަގުތެއްގައި ބަނދަރަށް ވަންވާނެ ކަމަށެވެ.

އެމްޓީސީސީއިން ވަނީ މަހާފައްރާފު ކުޅުދުއްފުއްޓަށް ބަނދަރު ކުރަނީ، އެރަށުގެ އެއާޕޯޓު އަޅާ ސަރަހައްދުގެ ބިން ހިއްކާށެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއަތު "އަވަސް" އަށް ވިދާޅުވެފައިވާ ގޮތުގައި ކޮންނަ ބޯޓު އަންނަ މަހު ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި މަޝްރޫއުން އެ ކުންފުންޏަށް 53.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި މަޝްރޫއު 180 ދުވަހުން ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހާޖައްރާފުން ބިން ހިއްކުމުގެ މަޝްރޫއު ހިންގަން، މެލޭޝިޔާ އިން ހުށަހެޅުމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ. ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.