މަގުމަތީގެ އެކްސިޑެންޓް

އެކްސިޑެންޓްވި މީހަކު ވެންޓިލޭޓަރުގައި

Apr 10, 2023
ސިނަމާލެ ބްރިޖު މަތީގައި ބަޔަކު ދުއްވާފައި ދަނީ -- ފޮޓޯ: އަވަސް
0%
0%
0%

ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރީގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

މި އެކްސިޑެންޓް ހިނގީ ރޭ 11:30 ހާއިރު ބްރިޖުގެ ޓްރެފިކް ލައިޓަށް މަޑުކުރަންޖެހޭ ވަގުތެއްގައި މަޑުނުކޮށް ދިޔަ ސައިކަލެއްގައި، އެހެން ސައިކަލަކުން ޖެހުމާ ގުޅިގެންނެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ވެންޓިލޭޓަރުގެ މީހާގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.

މި އެކްސިޑެންޓްގައި 31 އަހަރުގެ މީހަކަށާއި 47 އަހަރުގެ މީހަކަށްވެސް އަނިޔާވެގެން ސެނަހިޔާ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ.

ބްރިޖު ސަރަހައްދާއި ހުޅުލެ ހުޅުމާލެ ހައިވޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް މިހިނގާ ރޯދަ މަހު އިތުރު ފުލުހުންވެސް ވަނީ މަގުމައްޗަށް ނެރެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345