ފުވައްމުލައް

ފުވައްމުލަކު އެކްސިޑެންޓްގައި އަނިޔާވި ދެމީހުން މާލެ ގެނެސްފި

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ ޒުވާނުން އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ރޭ 11:25 ހާއިރު އެވެ. އަނިޔާވެފައިވަނީ ދެ މީހުންގެ ބޮލަށެވެ.

މާލެ ގެނެސްފައިވާ ދެ މީހުންނަށް ފަރުވާ ދެނީ އައިޖީއެމްއެޗް ހޮސްޕިޓަލްގަ އެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ 18 އަހަރުގެ މީހަކަށާއި 19 އަހަރުގެ މީހަކަށް ކަމަށެވެ.

އެކްސިޑެންޓްވި ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.